ބޭނުންފުޅުވާ ބަސް ޙިޔާރުކުރޭ

ވިޔަފާރީގެ މާހައުލުގައި މޫސަމަށް އަންނަ ބަދަލުތަކާއިއެކު ކުރިއެރުން: ވިޔަފާރިއަށް އޭގެ މާނައަކީ ކޮބާ؟

ވިޔަފާރީގެ މާހައުލުގައި މޫސުމީ ބަދަލުތަކާއިއެކު ކުރިއެރުމުގެ މާނައަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވިޔަފާރިތަކުގެ ހިންގުމާއި، މުވައްޒަފުންނާއި މުޖުތަމައު އަދި ކަސްޓަމަރުންނަށް ކުރާ އަސަރުތަކަށް ތައްޔާރުވުމާއި އަދި މޫސުމީ ބަދަލުތަކާއި ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށެވެ. މޫސުމީ ބަދަލުތަކުގެ އަސަރުތައް އެންމެ ބޮޑަށް ކުރިމަތިވާ އެއް ގައުމެއްގެ ގޮތުގައި ރާއްޖެ ހިމެނޭއިރު، ރާއްޖޭގެ ވިޔަފާރިތަކުން ތިބެންޖެހޭނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވިޔަފާރިއަށް ކުރާ އަސަރުތައް މެނޭޖްކުރެވޭނެ ހާލަތެއްގައެވެ. މޫސުމަށް ހޭނުމަށްޓަކައި ގިނަ ސްޓްރެޓެޖީތަކެއް ވިޔަފާރީގައި ހިމެނިދާނެއެވެ. އެގޮތުން: - މޫސުމީ ބަދަލުތަކުގެ ސަބަބުން ކުންފުންޏެއްގެ ހިންގުމާއި ސަޕްލައި ޗެއިންއަށް ކުރިމަތިވާ ނުރައްކާތަކާއި އަސަރުތައް ދެނެގަނެ ވަޒަންކުރުން. - މޫސުމީ ބަދަލުތަކުގެ ސަބަބުން ވިޔަފާރިއަށް ކުރާ އަސަރުތަކުގެ ނާޒުކުކަން ކުޑަކުރުމަށާއި އެ އަސަރުތަކަށް ވިލުންވެރިކަން އިތުރުކުރުމަށް ޕްލޭންތަކާއި އަމަލުތައް އެކުލަވާލައި ތަންފީޒުކުރުން. މީގެތެރޭގައި ހިންގުމުގެ އާ ދާއިރާތަކަށް ވިޔަފާރި ފުޅާކުރުމާއި، މިހާރު ހުރި އުފެއްދުންތަކާއި ސިނާއަތަށް އީޖާދީ ބަދަލުތަކެއް ގެނައުމާއި، މޫސުމީ ބަދަލުތަކަށް ހޭނުމުގެ ދާއިރާއިން ވިޔަފާރީގެ އާ ފުރުސަތުތައް ހޯދާ އޭގެ ބޭނުން ހިފުން. - ކުންފުނިން ގްރީންހައުސް ގޭސް ދޫކުރާ މިންވަރު މަދުކޮށް އަދި ހަކަތައިގެ ރައްކާތެރިކަން (އެނަރޖީ އެފިޝަންސީ) އިތުރުކުރުމަށް ޓެކްނޮލޮޖީ، އިންފްރާސްޓްރަކްޗަރ ނުވަތަ އެނޫންވެސް ފިޔަވަޅުތަކަށް އިންވެސްޓްކުރުން. - މައުލޫމާތާއި ވަސީލަތްތައް ހިއްސާކުރުމަށް ޕާޓްނަރޝިޕްތަކާއި އެއްބާރުލުންތައް ބިނާކުރުމާއި، މޫސަމަށް ހޭނުމާއި މޫސުމީ ހޭނުމާއި ވިލުންވެރިކަމަށް ތާއީދުކުރާ ސިޔާސަތުތަކާއި ގަވާއިދުތަކަށް ވަކާލާތުކުރުން ބަދަލުތަކަށް . - މުވައްޒަފުންނާއި، ސަޕްލައަރުންނާއި، ކަސްޓަމަރުންނާއި އަދި މުޖުތަމަޢުތައް ފަދަ ސްޓޭކްހޯލްޑަރުންނާ ގުޅިގެން މޫސުމީ ބަދަލުތަކަށް ހޭނުމާއި އެއާއެކު ވިޔަފާރި ކުރިއެރުމުގެ މަސައްކަތްތަކަށް އެންމެންގެ ބައިވެރިވުމާއި ތާއީދު ހޯދުން.. މޫސުމީ ބަދަލުތަކުގެ އަސަރުތައް އިތުރަށް އިހުސާސް ކުރެވެމުންދާއިރު، މޫސުމަށް ހޭނުން ކުންފުނިތަކަށް ދުވަހެއް ދުވަހަކަށް ދަނީ މުހިންމުވަމުންނެވެ. އޭގެ ސަބަބުން، ވިޔަފާރީގެ ރިސްކްތައް ކުޑަކުރުމާއި، ހިންގުމުގައި (އޮޕަރޭޝަނަލް) އެފިޝަންސީ އިތުރުކުރުމާއި، ސްޓޭކްހޯލްޑަރުންގެ މެދުގައި އިތުބާރާއި އަގު ދެމެހެއްޓުމަށް އެހީވެދޭނެއެވެ. އަދި އެއީ ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ...

Read more

އީ.ޑީ.ޕީ މޯލްޑިވްސްއަކީ ކޮބާ؟

ޔޫ.އެސް.އޭ.އައި.ޑީ. މޯލްޑިވްސް އެންޓަރޕްރައިޒް ޑިވެލޮޕްމެންޓް ޕްރޮގްރާމް ނުވަތަ އީ.ޑީ.ޕީ އަކީ އަލަށްފަށާ އަދި ޅަފަތުގައިވާ ވިޔަފާރިތައް ތަރައްޤީކޮށް ހަލުވިކަމާއެކު ފުޅާކުރުމަށް އެހީތެރިވުމުގެ ގޮތުން ވިޔަފާރީގެ އިރުޝާދާއި ލަފާދޭ މެންޓަރޝިޕް ޕްރޮގްރާމެއް. މި ޕްރޮގްރާމް ޚާއްސަގޮތެއްގައި އަމާޒުކުރަނީ ފަތުރުވެރިކަން، މަސްވެރިކަން އަދި ދަނޑުވެރިކަމުގެ ދާއިރާތަކާއި އެދާއިރާތަކާއި އެކި ގޮތްގޮތުން ގުޅުންހުރި އަދި މޫސުމަށް ހޭނުމަށް ޝައުގުވެރިކަންހުރި ވިޔަފާރިތަކާއި މިފަދަ ވިޔަފާރީގެ އީޖާދީ ޚިޔާލުތައް ހުރި ފަރާތްތަކަށް. މިޕްރޮގްރާމްއިން މިފަދަ ވިޔަފާރިތަކުގެ ޚިޔާލުތައް ފުރިހަމަ، މަސައްކަތްކުރާ ވިޔަފާރީގެ ޕްލޭންތަކަކަށް ހެދުމަށް އެހީވެދޭނެ.

މިޕްރޮގްރާމްގައި ބައިވެރިވާ ވިޔަފާރިތަކަށް، އެވިޔަފާރިއެއްގެ ހާލަތާއި މަރުހަލާގެ ގޮތުން ބޭނުންވާ އެހީ ކަސްޓަމައިޒްކޮށް ފޯރުކޮށްދެވޭނެ. އީ.ޑީ.ޕީ މޯލްޑިވްސްގެ ދަށުން ވިޔަފާރިތަކަށް ފޯރުކޮށްދެވޭނެ އެހީތަކުގެ ތެރޭގައި، ވިޔަފާރި ޚިޔާލުތައް ވެޓްކުރުމާއި، ބިޒްނަސް ޕްލޭންތައް އިތުރަށް ފުޅާކުރުމާއި، އަދި ނެޓްވަރކް ފުޅާކުރުމާއި، ވިޔަފާރި ހިންގުމާއި މެނޭޖްކުރުން އަދި މާލިއްޔަތު ހަރުދަނާކުރުމުގެ ފަންނީ އެހީތެރިކަން ހިމެނޭ.

އީ.ޑީ.ޕީ މޯލްޑިވްސް ކުރިއަށްދާނީ މާރޗް 2023 އިން ފެށިގެން ޑިސެމްބަރ 2023 ގެ ނިޔަލަށް.

ގިނައިން ކުރެވޭ ސުވާލުތައް.

އީ.ޑީ.ޕީ އަކީ އަލަށްފަށާ އަދި ޅަފަތުގައިވާ ވިޔަފާރިތައް ތަރައްޤީކޮށް ހަލުވިކަމާއެކު ފުޅާކުރުމަށް އެހީތެރިވުމުގެ ގޮތުން ވިޔަފާރީގެ އިރުޝާދާއި ލަފާދޭ މެންޓަރޝިޕް ޕްރޮގްރާމެއް. މި ޕްރޮގްރާމް ޚާއްސަގޮތެއްގައި އަމާޒުކުރަނީ ފަތުރުވެރިކަން، މަސްވެރިކަން އަދި ދަނޑުވެރިކަމުގެ ދާއިރާތަކާއި އެދާއިރާތަކާއި އެކި ގޮތްގޮތުން ގުޅުންހުރި އަދި މޫސުމަށް ހޭނުމަށް ޝައުގުވެރިކަންހުރި ވިޔަފާރިތަކާއި މިފަދަ ވިޔަފާރީގެ އީޖާދީ ޚިޔާލުތައް ހުރި ފަރާތްތަކަށް. މިޕްރޮގްރާމްއިން މިފަދަ ވިޔަފާރިތަކުގެ ޚިޔާލުތައް ފުރިހަމަ، މަސައްކަތްކުރާ ވިޔަފާރީގެ ޕްލޭންތަކަކަށް ހެދުމަށް އެހީވެދޭނެ.

ރަނގަޅު ވިޔަފާރިއެއް ނުވަތަ ވިޔަފާރީގެ ޚިޔާލެއްއޮތް އަދި އެވިޔަފާރި/ޚިޔާލު އިތުރަށް ފުޅާކޮށް ކުރިއަރުވަން ބޭނުންވާ ކޮންމެ ފަރާތެއްވެސް އެޕްލައިކުރަން ބާރުއަޅަން. ޙާއްސަކޮށް،

  1. ރަޖިސްޓަރކޮށްފައިވާ އެންމެ ކުދި، ކުދި ނުވަތަ މެދު ފަންތީގެ (އެމް.އެސް.އެމް.އީ) ވިޔަފާރި
  2. ރަޖިސްޓަރނުކޮށް ހިންގާ އެމް.އެސް.އެމް.އީތައް އަދި
  3. ފުރިހަމަ، މަސައްކަތްކުރާ މުދަލެއްގެ ޚިޔާލުތަކާއެކު ރަސްމީ ވިޔަފާރިއެއް ފެށުމަށް މަސައްކަތްކުރާކަން ދައްކައިދޭ، ވަކިވަކި ފަރުދުން ނުވަތަ ގްރޫޕްތައް.

އެންމެ އެކަށޭނަ ބައިވެރިންނަކީ ތިރީގައި މިބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ ރާއްޖޭގެ، އެންމެ ކުދި، ކުދި، ނުވަތަ މެދު ފަންތީގެ ވިޔަފާރިއެއް ނުވަތަ އޮންޓްރޮޕްރޮނަރއެއް.

 

  • މޫސުމީ ބަދަލުތަކަށް ހޭނުމަށް އެހީތެރިވެދޭ އުފެއްދުމެއް ނުވަތަ ޚިޔާލެއް (މިނިމަމް ވައަބަލް ޕްރޮޑަކްޓް – އެމް.ވީ.ޕީ އެއް) އޮތް ފަރާތެއް. އެމް.ވީ.ޕީ އަކީ މުދަލެއް، ޚިދުމަތެއް، ވިޔަފާރީގެ އުޞޫލެއް ނުވަތަ ކޮންމެވެސް ބާވަތެއްގެ އައު އީޖާދަކަށް ވެވިދާނެ. މިޕްރޮގްރާމަށް ޤަބޫލުކުރެވޭ އީޖާދީ އެމް.ވީ.ޕީ އުފެއްދުމެއްގައި ހުނަންންޖެހޭ ސިފަތަކަކީ:
    • މޫސުމީ ބަދަލުތަކުގެ ސަބަބުން އިގްތިސާދީ ހަރަކާތްތަކަށް އަދި ދިރިއުޅުމަށްކުރާ މަސައްކަތްތަކަށް ކުރިމަތިވަމުންދާ ނުވަތަ ކުރިމަތިވެދާނެ އަސަރުތަކަށް ރިއާޔަތްކުރުން.
    • މާކެޓްކުރެވޭ އަދި އިތުރަށް ފުޅާކުރެވުން. އަދި،
    • ސީދާގޮތުން ނުވަތަ ނުސީދާގޮތުންނަމަވެސް ރާއްޖޭގެ ފަތުރުވެރިކަން، މަސްވެރިކަން ނުވަތަ ދަނޑުވެރިކަމުގެ ދާއިރާއާއި ގުޅިފައިވުން.

މިޕްރޮގްރާމްގެ 5 މަރުހަލާއެއް ވޭ.

 

ސްޓޭޖް 1: ޕްރޮޕޯޒަލްތަކަށް ހުޅުވާލުން (1 ސަފްހާގެ)

އެޕްލިކޭޝަން ފޯމް (ލިންކް) ފުރިހަމަކުރުމަށްފަހު އަޅުގަނޑުމެނަށް ފޮނުވާ. އެއަށް ފަހު، އަޅުގަނޑުމެން ކެންޑިޑޭޓުން ޝޯޓްލިސްޓްކުރާނެ. އެޕްލައިކުރުމުގެ ސުންގަޑިއަކީ 31 ޑިސެމްބަރ 2022.

 

25 އާއި 30 ވަރަކަށް އަދަދުގެ އެޕްލިކޭޝަންތައް ޝޯޓްލިސްޓް ކުރާނީ އެފްޖޭއެސްގެ އެކްސްޕަރޓް ޕެނަލްއަކުން، ޖެނުއަރީ 2023 ގެ ފުރަތަމަ ހަފްތާގައި.

 

ސްޓޭޖް 2: ޝޯޓްލިސްޓްކޮށްފައިވާ ފަރާތްތަކުގެ ތަފްސީލީ ޕްރޮޕޯޒަލްތައް ހުށަހެޅުން

ޝޯޓްލިސްޓްކޮށްފައިވާ ކެންޑިޑޭޓުން އިތުރު ތަފްސީލާއެކު އެޕްލިކޭޝަންއެއް ހުށަހަޅަންޖެހޭނެ. މިމަރުހަލާ ފުރިހަމަކުރުމުގައި އަޅުގަނޑުމެންގެ އެހީތެރިކަން ލިބޭނެ. ސްޓޭޖް 2 ނިމުމުން، އެޕްލިކޭޝަންތައް ފައިނަލްކޮށް ސްކްރީންކުރެވޭނެ. އަދި ފައިނަލް ކެންޑިޑޭޓުން އީ.ޑީ.ޕީއަށް ހޮވޭނެ.

 

ތަފްސީލީ އެޕްލިކޭޝަންތަކުގެ ތެރެއިން 10 އާއި 15 އާއި ދެމެދުގެ އަދަދެއްގެ އެޕްލިކޭޝަންތައް ހޮވޭނެ. އެޕްލިކޭޝަންތައް ހޮވާނީ ޕްރޮޖެކްޓް އެޑްވައިޒަރީ ކޮމިޓީ، އެފްޖޭއެސް އަދި ޔޫ.އެސް.އޭ.އައި.ޑީ ކްލައިމެޓް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ މެމްބަރުން ހިމެނޭ ޕެނަލްއަކުން.

 

ސްޓޭޖް 3: ބައިވެރިންގެ ބޫޓްކޭމްޕް (މާރޗް 2023)

އީ.ޑީ.ޕީ ފަށާނީ މާލޭގައި ބާއްވާ، ފީލްޑް ވިޒިޓްތައް ހިމެނޭ 5 ދުވަހުގެ ބޫޓް ކޭމްޕްއަކުން. މިސެޝަންއިން ޕްރޮގްރާމްގެ ބައިވެރިންނަށް، ވިޔަފާރީގެ ހުރިހާ ދާއިރާތަކެއްގެ ތަޖުރިބާކާރުންނާއެކު ބައިވެރިންގެ ބިޒްނަސް ޕްލޭންތަކާއި ޚިޔާލުތައް ވެޓްކުރުމަށް މަގުފަހިވާނެ. 5 ދުވަހުގެ މިބޫޓްކޭމްޕްގައި ޕްރޮގްރާމްގެ ބައިވެރިންނަށް ނެޓްވަރކްކުރުމުގެ ފުރުސަތުތަކާއި އަދި ވިޔަފާރިއާއި ވިޔަފާރީގެ ތަރައްޤީއަށް މުހިއްމު މުއައްސަސާތައް ތަމްސީލުކުރައްވާ ބޭފުޅުންނާ ބައްދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެ.

 

ސްޓޭޖް 4: ނުވަ މަސްދުވަހުގެ އެކްސެލެރޭޓަރ ޕްރޮގްރާމް (މާރޗް 2023 – ނޮވެމްބަރ 2023)

9 މަހުގެ މި ޕްރޮގްރާމް ފަރުމާކުރެވޭނީ ކޮންމެ ވިޔަފާރިއަކަށްވެސް އެވިޔަފާރިއެއްގެ ބޭނުންތައް ހާސިލުވާނެގޮތެއްގެ މަތިން. ޕްރޮގްރާމްގެ ބައިވެރިން މަސައްކަތްކުރާނީ އެފަރާތްތަކުގެ ވިޔަފާރި ހިންގާ ތަނުގައި އަދި އެޑްވައިޒަރީ ޚިދުމަތްތައް ހޯދުމަށް އެފަރާތްތަކުގެ ޓީމްއާއި ތަޖުރިބާކާރުންނާއެކު މީޓިންތައް/ސެޝަންތައް ބާއްވާނީ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް. ޕްރޮގްރާމްގެ ބައިވެރިންގެ ޕްލޭންތައް ރަނގަޅަށް ކުރިއަށް ގެންދާކަން ޔަގީންކުރުމަށްޓަކައި ގަވާއިދުން ބޯޑް/މީޓިން ސްޓްއިލްގެ ޕްރޮގްރެސް މީޓިންތައް ކޮންމެ ބައިވެރިއަކާއެކުވެސް ވަކިވަކިން ބާއްވާނެ. މިޕްރޮގްރާމް ފަރުމާކުރެވިފައިވަނީ ޕްރޮގްރާމްގެ ބައިވެރިންގެ ޓީމުން އަމިއްލަ ރަށުގައި އަދި އަމިއްލަ ވިޔަފާރީގެ ވަޒަނުގައި މަސައްކަތްކުރަމުންދާއިރު ތަޖުރިބާކާރުންގެ ލަފައާއި އިރުޝާދު ބޭނުންވާ އިރެއްގައި ލިބޭގޮތައް.

 

ސްޓޭޖް 5: ޕްރޮގްރާމް ފުރިހަމަކޮށް ނިންމާލުން (ޑިސެމްބަރ 2023)

މި ޕްރޮގްރާމް ނިމުމާއި ހިސާބަށް އަންނައިރު ކޮންމެ ވިޔަފާރިއަކަށްވެސް އެ ވިޔަފާރިއެއް ކުރިއެރުވުމަށް ބޭނުންވާ ބިޒްނަސް ޕްލޭނެއް ތައްޔާރުކުރެވި ކުރިއަރައި ދިއުމުގެ ދަތުރަށް ސާބިތުކަމާއެކު ނިކުމެވޭނެ.

އީ.ޑީ.ޕީ ބޫޓްކޭމްޕްއަކީ ވިޔަފާރީގެ މަސައްކަތަށް ލަފާދޭނެ އަދި ވިޔަފާރި ރަނގަޅުކުރުމަށް ނިޒާމީ ގޮތެއް އެކުލަވާލުމަށް އެކުގައި މަސައްކަތްކުރާނެ މެންޓަރުންނާއި އެކު ގާތުން މަސައްކަތްކުރުމުގެ އިތުރުން، ތިޔަ ފަރާތުގެ ވިޔަފާރި ކުރިއެރުވުމަށް ނެޓްވާރކްކުރުމަށް މުހިއްމު ފަރާތްތަކާއި ބައްދަލުވެ ތައާރަފުވުމުގެ ފުރުސަތު ހޯދައިދެވޭނެ ހަރަކާތެއް. ޕްރޮގްރާމްގެ ބައިވެރިން ބޫޓްކޭމްޕްގައި ބައިވެރިވުމުގެ ހުރިހާ ޚަރަދެއް ސްޕޮންސަރކުރަނީ މިޕްރޮޖެކްޓްއިން.

 

ބޫޓްކޭމްޕްގައި 2 ބައެއް ހިމެނޭ:

  1. ޓްރެއިނިންގ ސެޝަންސް – ބިޒްނަސް ޕްލޭނިން، ފައިނޭންޝަލް ޕްލޭނިން، ސްޓްރެޓެޖީ ޑިވެލޮޕްމަންޓް، ބިޒްނަސް ރިސްކް އެސެސްމަންޓް، މާރކެޓިންގ އަދި ފައިނޭންސް ފަދަ މައުލޫތަކާއި ގުޅޭ ޓްރެއިނިން ސެޝަންތައް މިދާއިރާތަކުގެ ތަޖުރިބާކާރުން ކިޔަވާއިދޭނެ.
  2. ފީލްޑް ވިޒިޓްސް އަދި ނެޓްވާކިންގ ސެޝަންސް – ވިޔަފާރީގެ މާހައުލު އަދި މާކެޓްގައި ހުރި ފުރުސަތުތައް ރަނގަޅަށް ދެނެގަތުމަށްޓަކައި ބޭންކްތައް، އިންޝުއަރެންސް ކުންފުނިތައް އަދި ސަރުކާރުގެ ރެގިއުލޭޓަރުންފަދަ ކަމާބެހޭ ސްޓޭކްހޯލްޑަރުންނާއެކު ފީލްޑް ވިޒިޓްތަކާއި މީޓިންގތައް ބޭއްވޭނެ.

ވިޔަފާރި ހިންގުމާއި ފުޅާކުރުމަށް ބޭރުން ހޯދަންޖެހޭ ލަފައާއި އިރުޝާދު ހޯދުމަކީ ބޮޑެތި ވިޔަފާރިތަކަށް ފަސޭހަކަމާއެކު އެފޯޑްކުރެވޭ ކަންކަން. ނަމަވެސް ގިނަ ކުދި އަދި ފަށައިގަންނަ ވިޔަފާރިތަކުން އެވިޔަފާރިތައް ޤާއިމުކޮށް އަދި ކުރިއަރުވަން ބޭނުންވާ މިފަދަ ޚިދުމަތްތައް ހޯދުމަކީ ދަތި އަދި ޚަރަދުބޮޑު ކަމަކަށްވެފައިވޭ. އީ.ޑީ.ޕީ އަކީ މިފަދަ ވިޔަފާރިތަކަށް ބޭނުންވާ ލަފައާއި އިރުޝާދު ހިލޭ ފޯރުކޮށްދެވޭ ޕްރޮގްރާމެއް. ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހަރަކާތްތެރިވާ ކޮންމެ މަރުހަލާއެއްގައިވާ ވިޔަފާރިއެއް ނަމަވެސް، މިޕްރޮގްރާމްގެ ތެރެއިން ތިޔަ ފަރާތުގެ ވިޔަފާރި ތަރައްޤީކޮށް ކާމިޔާބު ވިޔަފާރިއަކަށް ހެދުމުގެ ފުރުސަތު އިތުރުވެގެންދާނެ. އީ.ޑީ.ޕީން 9 މަސް ދުވަހުގެ ދިގު މުއްދަތަކަށް ހިލޭ ބިޒްނަސް އެޑްވައިޒަރީ ޚިދުމަތްތައް ހޯދުމުގެ ފުރުސަތު ޔޫ.އެސް.އޭ.އައި.ޑީ ކްލައިމެޓް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ އެހީގައި މިވަނީ ތަނަވަސްކޮށްދެވިފައި. މިފަދަ އެޑްވައިޒަރީ ޚިދުމަތްތަކަކީ އެސް.އެމް.އީތަކަށް ފަސޭހައިން ހޯދޭނެ ޚިދުމަތްތަކެއް ނޫން. އެހެންކަމުން މިއީ ވިޔަފާރީގެ ކަންކަން ރަނގަޅުކުރުމަށް އެހީތެރިވެދޭނެ ރަނގަޅު ފުރުސަތެއް.

މިޕްރޮގްރާމަކީ މާލީ އެހީތެރިކަން ފޯރުކޯށްދިނުމުގެ މަގްސަދުގައި އެކުލަވާލެވިފައިވާ ޕްރޮގްރާމެއް ނޫން. ނަމަވެސް، މި ޕްރޮގްރާމްގެ ތެރެއިން އިކުއިޓީ، ޑެޓް ނުވަތަ ގްރާންޓް ފަންޑިން ހޯދުމަށްޓަކައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަކުރުމަށް އެހީތެރިވެދޭނެ. މިޕްރޮގްރާމްގައި ބައިވެރިވުމަކީ ސީދާ ގްރާންޓެއް ނުވަތަ ލޯނެއް ލިބޭނެ ކަމެއް ނޫން. އޭގެ ބަދަލުގައި ތިޔަފަރާތުގެ ވިޔަފާރި އޮންނާނީ އިތުރު ފައިނޭންސިންގ ނުވަތަ ފަންޑިންގ ހޯދޭނެ ކާމިޔާބު ހާލަތެއްގައި.

މިޕްރޮގްރާމްއިން ތިޔަ ފަރާތުގެ ވިޔަފާރި ދެން އިން ހަރުފަތަށް ގެންދަން އެހީވެދޭނެ. އެއީ ރަނގަޅު ބިޒްނަސް ޕްލޭންއެއް ތައްރާކުރުމާއި އަދި އެހިންގާނެ ގޮތާއި، ނެޓްވަރކްކުރުމުގެ ފުރުސަތުތަކާއި އަދި ތިޔަ ފަރާތުގެ ކޮންޓެކްޓްތައް އިތުރުކޮށް، މާކެޓް ދެނެގަތުމާއި މާކެޓިންގ ސްޓްރެޓެޖީތައް ތައްޔާކުރުމަށް އެހީތެރިކަން ލިބިގެން. މިޕްރޮގްރާމް ތައްޔާރުކުރެވިފައިވަނީ ބައިވެރިވާ ކޮންމެ ވިޔަފާރިއަކަށްވެސް ސީދާ އެވިޔަފާރިއެއްގެ ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދީ، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރައިގެންދާނެ ވިޔަފާރިތަކަށް ހެދުމަށް އެހީތެރިވެދިނުމަށް.

އެމް.ވީ.ޕީގެ މޫސުމާގުޅޭ ބައި މާނަ ކުރަނީ ވަރަށް ފުޅާކޮށް. އެޕްލިކޭޝަންގެ ފުރަތަމަ މަރުހަލާގައި އަޅުގަނޑުމެން ބާރުއަޅަނީ މިޕްރޮގްރާމަށް އެޕްލައިކުރުމަށް. ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް ފުލް އެޕްލިކޭޝަން ތައްޔާރުކުރުމަށް އަޅުގަނޑުމެންގެ އެހީތެރިކަން ފޯރުކޮށްދޭނަން.

އާނ. އީ.ޑީ.ޕީ މޯލްޑިވްސްއަށް އެޕްލައިކުރުމަށް ވިޔަފާރިތަކަކީ ރަޖިސްޓަރކޮށްފައިވާ ވިޔަފާރިތަކަށް ވާކަށް ނުޖެހޭ.

އީ.ޑީ.ޕީ މޯލްޑިވްސް އަމާޒުކޮށްފައިވަނީ އަލަށް ފަށާ ވިޔަފާރިތައް އަދި ކުރިއަރަން ބޭނުންވާ ވިޔަފާރިތަކަށް، އަދި ވިޔަފާރީގެ ކޮންމެވެސް ތަޖުރިބާއެއް ހުރި ފަރާތްތަކަށް އިސްކަންދެވޭނެ – އެއީ ހުށަހަޅާފައިވާ ޚިޔާލު ތަންފީޒުކުރުމާއި ގުޅޭ ތަޖުރިބާއަކަށް ކޮންމެހެން ވާކަށްނުޖެހޭ. މޫސުމަށް ހޭނުމާއި އެކަށޭނަ މުދަލެއް ނުވަތަ ޚިދުމަތަކަށް ރަނގަޅު ޚިޔާލެއް އޮތްނަމަ، އެޕްލިކޭޝަން ހުށަހެޅުމަށް ބާރުއަޅަން. ތިޔަ ފަރާތުގެ ޚިޔާލު ވަޒަންކޮށް އެއަށް ރިއާޔަތްކޮށް ލަފާދެވޭނެ. އަދި އެޚިޔާލަށް ވިޔަފާރީގެ ހަރުދަނާކަމަށް ބަލައި ޕްރޮގްރާމްއިން ފުރުސަތު ލިބުން އެކަށީގެންވޭ.

އީ.ޑީ.ޕީއަކީ ޓްރެއިނިން ޕްރޮގްރާމެއް ނުވަތަ ކޯހެއް ނޫން. އަދި ބޫޓްކޭމްޕްގެ 5 ދުވަސް ފިޔަވައި ދިގު ވަގުތެއް ހޭދަކުރަންޖެހޭ ޕްރޮގްރާމެއް ނޫން. މިއީ ތިޔަ ފަރާތުގެ ވިޔަފާރިއަށް ބޭނުންވާ ކަންތައްތަކަށް ޚާއްސަކޮށް ހިންގޭ ބިޒްނަސް އެޑްވައިޒަރީ އަދި މެންޓަރޝިޕް ޕްރޮގްރާމެއް. މިޕްރޮގްރާމްގެ މުއްދަތުގައި ތިޔަ ފަރާތުން މަސައްކަތްކުރާނީ ތިޔަ ފަރާތުގެ ވިޔަފާރި ހިންގަމުންދާ ތަނުގައި ތިބެގެން އަޅުގަނޑުމެންގެ ތަޖުރިބާކާރުންގެ ޓީމަކާއެކު. އެޓީމްއިން އެހީތެރިކަން އަދި އިރުޝާދު ފޯރުކޮށްދޭނީ 2023 ނިމެންވާއިރަށް ތިޔަ ފަރާތުގެ ވިޔަފާރި ހަރުދަނާކަމާއެކު ކުރިއަށްދާ ވިޔަފާރިއަކަށް ހެދުމަށް.

އާނ. ރަޖިސްޓަރކޮށްފައިވާ ކޮންމެ ވިޔަފާރިއަކަށް ނުވަތަ ވަކިވަކި ފަރުދުންނަށް ނުވަތަ ގްރޫޕްތަކަށް މިޕްރޮގްރާމްގައި ބައިވެރިވެވޭނެ.

އެކަކަށް އެންގެ ގިނަވެގެން ހުށަހެޅޭނެ އެޕްލިކޭޝަންގެ ވަކި އަދަދެއް ނެތް. ކޮންމެ ވިޔަފާރި/ޚިޔާލެއް ހުށަހަޅަންވާނީ ވަކި އެޕްލިކޭޝަން ފޯމެއްގެގޮތަށް.

މޫސުމީ ބަދަލުތަކުގެއް ސަބަބުން މިހާރު ކުރާ އަދި/ނުވަތަ ކުރިމަގުގައި ކުރާނެ ނޭދެވޭ އަސަރުތަކަށް ރިއާޔަތްކުރާ އުސޫލެއް (ޕްރެކްޓިސް) ނުވަތަ މުދަލެއް އަދި އެކަމަށް ހޭނިގެން ފޯރުކޮށްދޭ މުދަލެއް/ޚިދުމަތެއް.

ފަރީހާ ޝަރީފް – ޕްރޮޖްކެޓް ޑިރެކްޓަރ

ހާމިދު ސާދިޤު – ބިޒްނަސް ޑިވެލޮޕްމަންޓް އެކްސްޕަރޓް

މުހައްމަދު އިނާޒް – ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަމަންޓް އެކްސްޕަރޓް

މާރިޔާ ޝަރީފް – ޓުއަރިޒަމް އެކްސްޕަރޓް

މަލީކާ ސާލިހް – ސޯޝަލް ސެކްޓްރަ އެކްސްޕަރޓް

ރިފާތު ހަސަން – އެގްރިކަލްޗަރ އެކްސްޕަރޓް

ރިޔާޒް ޖައުހަރީ – ފިޝަރީޒް އެކްސްޕަރޓް

އިބްރާހިމް ޝަބާއު – ޔޫ.އެސް.އޭ.އައި.ޑީ ކްލައިމެޓް އެޑެޕްޓޭޝަން ޕްރޮޖެކްޓް ޓީމް މެމްބަރ

އެޕްލިކޭޝަން

This project is made possible by the support of the American people through the United States Agency for International Development (USAID). The contents of this webpage are the sole responsibility of FJS Consulting and do not necessarily reflect the views of USAID or the United States Government.

Log in with your credentials

Forgot your details?