ވިޔަފާރީގެ މާހައުލުގައި މޫސުމީ ބަދަލުތަކާއިއެކު ކުރިއެރުމުގެ މާނައަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވިޔަފާރިތަކުގެ ހިންގުމާއި، މުވައްޒަފުންނާއި މުޖުތަމައު އަދި ކަސްޓަމަރުންނަށް ކުރާ އަސަރުތަކަށް ތައްޔާރުވުމާއި އަދި މޫސުމީ ބަދަލުތަކާއި ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށެވެ. މޫސުމީ ބަދަލުތަކުގެ އަސަރުތައް އެންމެ ބޮޑަށް ކުރިމަތިވާ އެއް ގައުމެއްގެ ގޮތުގައި ރާއްޖެ ހިމެނޭއިރު، ރާއްޖޭގެ ވިޔަފާރިތަކުން ތިބެންޖެހޭނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވިޔަފާރިއަށް ކުރާ އަސަރުތައް މެނޭޖްކުރެވޭނެ ހާލަތެއްގައެވެ. މޫސުމަށް ހޭނުމަށްޓަކައި ގިނަ ސްޓްރެޓެޖީތަކެއް ވިޔަފާރީގައި ހިމެނިދާނެއެވެ. އެގޮތުން: - މޫސުމީ ބަދަލުތަކުގެ ސަބަބުން ކުންފުންޏެއްގެ ހިންގުމާއި ސަޕްލައި ޗެއިންއަށް ކުރިމަތިވާ ނުރައްކާތަކާއި އަސަރުތައް ދެނެގަނެ ވަޒަންކުރުން. - މޫސުމީ ބަދަލުތަކުގެ ސަބަބުން ވިޔަފާރިއަށް ކުރާ އަސަރުތަކުގެ ނާޒުކުކަން ކުޑަކުރުމަށާއި އެ އަސަރުތަކަށް ވިލުންވެރިކަން އިތުރުކުރުމަށް ޕްލޭންތަކާއި އަމަލުތައް އެކުލަވާލައި ތަންފީޒުކުރުން. މީގެތެރޭގައި ހިންގުމުގެ އާ ދާއިރާތަކަށް ވިޔަފާރި ފުޅާކުރުމާއި، މިހާރު ހުރި އުފެއްދުންތަކާއި ސިނާއަތަށް އީޖާދީ ބަދަލުތަކެއް ގެނައުމާއި، މޫސުމީ ބަދަލުތަކަށް ހޭނުމުގެ ދާއިރާއިން ވިޔަފާރީގެ އާ ފުރުސަތުތައް ހޯދާ އޭގެ ބޭނުން ހިފުން. - ކުންފުނިން ގްރީންހައުސް ގޭސް ދޫކުރާ މިންވަރު މަދުކޮށް އަދި ހަކަތައިގެ ރައްކާތެރިކަން (އެނަރޖީ އެފިޝަންސީ) އިތުރުކުރުމަށް ޓެކްނޮލޮޖީ، އިންފްރާސްޓްރަކްޗަރ ނުވަތަ އެނޫންވެސް ފިޔަވަޅުތަކަށް އިންވެސްޓްކުރުން. - މައުލޫމާތާއި ވަސީލަތްތައް ހިއްސާކުރުމަށް ޕާޓްނަރޝިޕްތަކާއި އެއްބާރުލުންތައް ބިނާކުރުމާއި، މޫސަމަށް ހޭނުމާއި މޫސުމީ ހޭނުމާއި ވިލުންވެރިކަމަށް ތާއީދުކުރާ ސިޔާސަތުތަކާއި ގަވާއިދުތަކަށް ވަކާލާތުކުރުން ބަދަލުތަކަށް . - މުވައްޒަފުންނާއި، ސަޕްލައަރުންނާއި، ކަސްޓަމަރުންނާއި އަދި މުޖުތަމަޢުތައް ފަދަ ސްޓޭކްހޯލްޑަރުންނާ ގުޅިގެން މޫސުމީ ބަދަލުތަކަށް ހޭނުމާއި އެއާއެކު ވިޔަފާރި ކުރިއެރުމުގެ މަސައްކަތްތަކަށް އެންމެންގެ ބައިވެރިވުމާއި ތާއީދު ހޯދުން.. މޫސުމީ ބަދަލުތަކުގެ އަސަރުތައް އިތުރަށް އިހުސާސް ކުރެވެމުންދާއިރު، މޫސުމަށް ހޭނުން ކުންފުނިތަކަށް ދުވަހެއް ދުވަހަކަށް ދަނީ މުހިންމުވަމުންނެވެ. އޭގެ ސަބަބުން، ވިޔަފާރީގެ ރިސްކްތައް ކުޑަކުރުމާއި، ހިންގުމުގައި (އޮޕަރޭޝަނަލް) އެފިޝަންސީ އިތުރުކުރުމާއި، ސްޓޭކްހޯލްޑަރުންގެ މެދުގައި އިތުބާރާއި އަގު ދެމެހެއްޓުމަށް އެހީވެދޭނެއެވެ. އަދި އެއީ ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގައި އިޤްތިޞާދީ ރައްކާތެރިކަން ހިމާޔަތްކުރުމަށާއި ޤައުމުގެ ކުރިއެރުން ދެމިއޮތުން ކަށަވަރުކުރުމަށް އެޅޭނެ ފިޔަވަޅެކެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތައް ހައްލުކުރުމުގައި، އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރާ ކުންފުނިތައް، މޫސުމަށް ވިލުންވެރި އިގްތިސާދަކަށް ބަދަލުވުމުގައި ލީޑަރުންގެ ގޮތުގައި ތިބެ، ވިލުންވެރި ވިޔަފާރިއެއް ބިނާކުރެވޭނެއެވެ.
